ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ދީނަށް ފުރައްސާރަކުރާ މީހެއް ފާޅުވެއްޖެ! މިފަހަރު ވީޑިއޯ މެސެޖްތަކެއް!

އުފާ --- ވީޑިއޯގެ ސްކްރީން ޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އުފާގެ ނަމުގައި ހަދާފައިވާ ޔޫޓިއުބް ޗެނަލްއެއް މެދުވެރިކޮށް ދިވެހި އަންހެނަކު، އިސްލާމް ދީނަށް ފުރައްސާރަކުރަމުން އެބަދެއެވެ.

ވީޑިއޯގެ ޒަރިއްޔާއިން ޔޫޓިއުބް ޗެނަލްއެއް މެދުވެރިކޮށް، ދީނަށް ފުރައްސާރަކުރަމުން ދަނީ، މީސް މީޑިއާގައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރުމުގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކުރި ޅ. ނައިފަރަށް ނިސްބަތްވާ އަންހެނެކެވެ.

އުފާ މުހުތާރު ފަހުމީ ފުލުހަށް ހާޒިރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އޭނާ ދިޔައީ މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދައްކަމުންނެވެ.

ޔޫޓިއުބްގައި ޗެނަލެއް ހުޅުވައިގެން އޭނާ ވީޑިއޯ ލާން ފަށާފައި ވަނީ މި މަހު 10 ދުވަހުން ފެށިގެންނެވެ. މިހާތަނަށް ޖުމްލަ ތިން ވީޑިއޯއެއް ޔޫޓިއުބުގައި އޭނާ ޕޯސްޓުކޮށްފައިާއިރު، ފުރަތަމަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި އޮތް ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުންނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހުން. އެމީހުން އިސްލާމް ދީނުގެ ހަމަތަކެއް ގަބޫލެއް ނުކުރޭ. ރާއްޖޭގައި އެހެން ދީނަކަށް އުޅުމަކީ މަނާކަމެއް. އެހެން ކަމުން އެމީހުން ތިބެނީ އެކަން ސިއްރުކޮށްގެން. ނަމާދުވެސް ގިނަ ފަހަރު ނުކުރޭ. ހަމަ އެކަނި، މަދު ފަހަރެއްގައި ހުކުރު ނަމާދަށް ގޮސް އުޅޭ،

އޭނާ ޕޯސްޓުކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލާފައިވާ ކަމަށްބުނެ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފުލުހުން އެބުނާ ދީނީ އެއްބައިވަންތަކަމެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގާ މީހުން ދިފާއުކޮށް ވާހަކަ ދައްކަމުން އަންނާތީ މަރުގެ އިންޒާރުވެސް ލިބެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރު ވީޑިއޯއެއްގައި އޭނާ ވާހަކަ ދައްކަވަނީ ރާއްޖޭގެ ދީނާ ގުޅޭ ގޮތުންނެވެ. އޭނާ ބުނެފަައިވަނީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގަބޫލުކުރުމަކީ މަނާ ކަމެއް ކަމަށާއި އިސްލާމް ދީނަށް އުޅުމަކީ ދިވެހި ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިންޒާރު ދޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ދާދި ފަހުން ދީނާ ދެކޮޅު ވާހަކަ ދައްކައިގެން ހައްޔަރުކުރި ރުސްތުމްގެ މައްސަލަ އިން މިސާލު ނަގައިގެން އޭނާ ބުނީ ރުސްތުމްއާ މެދު ޖަލުގައި ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

އެ ވީޑިއޯތަކުގައި އޭނާވަނީ މާލީ އެހީތެރިކަމަށް އެދި ގޮވާލާފައެވެ. އަދި ބޭރުގެ އެހީތެރިކަން ނުވަތަ އެސައިލަމްއަކަށްވެސް ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖޭގައި މަދުން، ދޭތެރެ ދޭތެރެއިން އިސްލާމްދީނަށް ހަޖޫ ޖަހާ ފުރައްސާރަކުރާ މީހުން ފެނެއެވެ. މިފަދަ އަމަލެއް އެންމެ ފަހުން ފެނުނީ އެމްޑީއެންގެ ފަރާތުން ނެރުނު ރިޕޯޓެއްގައެވެ. މިހާރު އެޖަމިއްޔާވަނީ އުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. Furahssaara koh vedio nukulhe Kaley kaafarun ulhey gaumakah gos ulhen v, ekamaku kaley miraajeyga thivahtharah thelen hadhaane kameh neh

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: