ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ހުރިހާ ދަރިވަރުންނަށް ވެސް ކާމިޔާބީ އަށް އެދެން – ރައީސް

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތަކުގައި މިއަދު ފެށި ދިރާސީ އާ އަހަރު ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ  އިބްރާޙިމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދިޔައިރު، ހުރިހާ ދަރިވަރުންނަށް މަރުހަބާ އާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މި ފެށި ދިރާސީ އާ އަހަރަކީ ދަރިވަރުންނަށް އާ ކަންކަމާއި، އާ ފިލާވަޅުތައް ދަސްވެ، އާ ރަހުމަތްތެރިން ލިބި، އުފާވެރިކަމާއި ހިތްހަމަ ޖެހުން މުޅި އުމުރުގައިވެސް ލިއްބައިދޭނެ އަހަރަކަށް ވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

https://twitter.com/ibusolih/status/1216164474769403904?s=20

ރައީސް ސާލިހުގެ އިތުރުން، ނައިބް ރައީސް ފައިސަލް ނަސީމު އާއި ބައެއް ވަޒީރުންވެސް ވަނީ ދިރާސީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ، ދަރިވަރުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ.

މިއަދު ރާއްޖޭގެ ދިރާސީ އާ އަހަރު ފެށިގެން ދިޔައީ 73،000 އަށް ވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.

މިއަހަރު ޖުމުލަ 198 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: