ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންނަށް ދިރާސީ އައު އަހަރުގެ މަރުޚަބާ ކިޔުމަށް މިނިސްޓަރުން 19 އަތޮޅަކަށް!

މިނިސްޓަރަުން އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ---- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ހިތްވަރު ދީ މަރުޚަބާ ކިޔުމުގެ ގޮތުން މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން 19 އަތޮޅަކަށް މިއަދު ވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓްޜީގެ އޮފިޝަލަކު ވިދާޅުވީ،  ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ މަތިން ދަރިވަރުންނަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ބޭއްވި އެސެމްބްލީތަކުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ދަރިވަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުން ސަމާލުކަން ދޭންވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: