ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޢިއްޒުއްދީން ސްކޫލް ހުޅުއްވައިދެއްވައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެމަނިކުފާނުގެ އަރިހުގައި މަޑުކޮށްލައް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުން 300 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފަ އެވެ. ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެ ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އިއްޒުއްދީން ސްކޫލުގެ ނަން ނިސްބަތްވަނީ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި ހެދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ، ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި މި ސަރަހައްދުގައި ވަރުގަދަ ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: