ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލެއްގެ ނަން ވިދާލަނީ ދަރިވަރުންގެ އަދަދަކުން ނޫން: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ޢިއްޒުއްދީން ސްކޫލް ނުހެދެންވީ ސަބަބެއް ނެތްކަމަށާއި ސްކޫލެެއް މޮޅުވެފައި މަތިވެރިވަނީ ދަރިވަރުންގެ އަދަދަކުން ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މާލޭގައި އަލަށް ހުޅުވުނު ޢިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސްކޫލު ހުޅުވުމާއެކު މާލެ ސަރަހައްދުގައި ޖުމްލަ 16 ސްކޫލް ހުންނާނެކަމަށާއި ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ޢިއްޒުއްދީން ސްކޫލް ނުހެދެންވީ ސަބަބެއް ނެތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލެެއް މޮޅުވެފައި މަތިވެރިވަނީ ދަރިވަރުންގެ އަދަދަކުން ނުވަތަ ލިބެން ހުންނަ އުމްރާނީ ވަސީލަތަކުން ނޫންކަމަށާއި އެންމެ އަގުބޮޑު ޖަވާހިރަކީ އަލިމަސްކަމަށެވެ.

“އެންމެ އަގޮބޮޑު ޖަވާހިރަކީ އަލިމަސް. ނަމަވެސް އެއީ ވަރަށް ކުޑަކުޑަ އެއްޗެއް. ސްކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެ ބޮޑު ބަހާއަކީ އެ ސްކޫލެއްގެ އޮންނަ އީތޯސް. އީތޯސްއަކީ ސްކޫލެއްގައި ގާއިމުކުރާ އާދަކާދަތަކާއި ރޫހުތަކުން ކަންކަމާއި މެދު ދެކޭ ގޮތާއި ކުރެވޭ އުންމީދު.” މިނިސްޓަރ ވިދާޅުވިއެވެ. 

ތައުލީމީ ދާއިރާއަށް އަންނަ އެންމެ ބޮޑު އީދަކީ ދިރާސީ އައު އަހަރު ފެށިގެންދާ ދުވަސްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، އަލަށް ސްކޫލެއް ހުޅުވި ސްކޫލެއްގެ ޕްރިންސިޕަލެއްގެ ގޮތުގައި ނުވަތަ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރުމަށް ނުވަތަ ހަވާލުކުރެވިގެން ދިޔުމަކީ ވަރަށް ނާދިރުކަމެއްކަމަށާއި، ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ސްޓާފުންނާއި ދަރިވަރުންގެ ބުރަ މަސައްކަތުން އިއްޒުއްދީން ސްކޫލް ސަރަހައްދުގެ ގަދަ 3 ގެ ތެރޭގައި ހިމެނިގެންދާނެކަމަށް ޔަގީންކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: