ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުވުމުން، މި އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ! – ނަޝީދު

ރައީސް މުޙައްމަދު ނަޝީދު --- ފޮތޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެނދުނުގެ ނާސްތާއާއެކު، ގިނަ ސްކޫލްތަކެއް އެއް ދަނފަޅިއަށް ބަދަލުވުމުން، މި އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް  ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރިވަރުންނަށް އާއަހަރުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ހުރިހާ ސްކޫލެއްގެ ކިޔެވުން ފެށިފައިވާއިރު، ދަރިވަރުންނާއި ޓީޗަރުން އަދި މިނިސްޓަރަށް ކާމިޔާބީއާއި ބާއްޖަވެރިކަމަށް އެދޭ ކަމަށެވެ.

https://twitter.com/MohamedNasheed/status/1216252262655225856

ދިރާސީ އާ އަހަރަށް ސްކޫލް ތަކުން މިއަދު ފަށާފައިވާއިރު ރާއްޖޭގެ 212 ސްކޫލެއްގައި 73067 ދަރިވަރުން މިއަދު ކިޔަވުން ފަށާފައިވެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު 150 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭ އިރު 170 ސްކޫލެއްގައި ޕްރީ ސްކޫލް ތައުލީމު ދޭނެކަމަށެވެ. 193 ސްކޫލްގައި އޯލެވެލްއަށް ކިޔަވައިދޭ އިރު 50 ސްކޫލެއްގައި އޯލެވެލްއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: