ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އީސީން ކުރިއަށް!

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޖިލިސް ކޮމިޓީއެއްގައި/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެންޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިހާރު ކުރެވެމުންދަނީ ޕަބްލިކާއި ގުޅުންހުރި ހުރިހާ ކަމެއް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް އީސީއިން ބުނެއެވެ.

މިގޮތުން ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފައިވާއިރު މިއަހަރުގެ އިންތިޚާބުގައި ޖުމްލަ 294،876 (ދެލައްކަ ނުވަދިހަ ހަތަރު ހާސް އަށް ސަތޭސަ ހަތްދިހަ ހަ) މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށް އީސީއިން ހާމަކުރެއެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ކޮމިޝަނުގެ ވެބްސައިޓު އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޗެކްކުރެވޭއިރު ވޯޓުލާން ދާންޖެހޭ މަރުކަޒު (VR (Space) ID number to 1414) އަށް އެސް.އެމް.އެސް

ކޮށްގެން ފަސޭހަކަމާއިއެކު ޗެކް ކޮށްލެވޭނެކަމަށް އީސީއިން ބުނެއެވެ.

އީސީއިން މިވަގުތު ކުރެވެމުންދާ އިތުރު މަސައްކަތްތަކަށް ބަލާއިރު މިހާރު ކުރިއަށްދަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ޗެކްކުރުމާއި އެތަކެތި ފޮނުވުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާކަމުގައި އީސީއިން ބުނެއެވެ. މީގެ އިތުރުން 3 އިންތިޚާބެއް އެކުއެކީގައި ބާއްވާތީވެ ރައްޔިތުން މިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އީސީއިން މައުލާތުދިނެވެ.

މިގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި މާލެ އަދި ހުޅުމާލެ ހިމެނޭހެން އެކި ސަރަޙައްދުތަކުގައި ލީފްލެޓް ބަހާފައިވާނެކަމަށް އީސީއިން ބުނެއެވެ. މިއާއިއެކު ރައްޔިތުން އިންތިޚާބަށް ހޭލުންތެރި ކުރުވުމަށް އެކި ޓާރގެޓް އޯޑިއަންސްތަކަށް ޙާއްޞަކޮށްގެން އޯޑިއޯ އަދި ވީޑީއޯގެ  ޒަރިއްޔާއިން މަޢުލޫމާތު ދެވިފައިވާނެކަމަށް އީސީން ފާހަގަކުރިއެވެ. އިތުރަށް ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު އިންތިޙާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ވުރެވެމުންދާކަން ފާހަގަކުރެވެއެވެ.

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަންގެ އިންޓާރނަލް އޮޑިޓަރ ޝަހުލާ ރުޝްދީ ވިދާޅުވީ، އެޕްރީލް 4 ވަނަ ދުވަހު ނަގާ 3 ވޯޓަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް އެކޮމިޝަނުން ވަރަށް ބާރަށް ކުރަމުން އަންނަކަމަށެވެ.

4 އޭޕްރިލްވާ ހޮނިހިރު ދުވަހު 3 އިންތިޚާބެއް ބާއްވާއިރު ، އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުށައަޅުއްވާފައިވާ ސުވާލަކީ ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު އަސާސީއަށް 8ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ފެނޭހެއްޔެވެ.“ ސުވާލު ކަރުދާހުގައި މިސުވާލާއި އެކު އިޙްތިޔާރީ ޖަވާބެއްގެ ގޮތުގައި އޮންނާނީ އާނއެކޭ ނުވަތަ ނޫނެކޭއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: