ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވަސްކޯ ޑަ ގާމާ“ ކުރޫޒްލައިނާއިން 859 މީހުން ރާއްޖެއައިސްފި

ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އުލިގަމަށް އިއްޔެ ބަނދަރުކުރި ”ވަސްކޯ ޑަ ގާމާ“ ކުރޫޒްލައިނާއިން 859 މީހުން އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއީ ސްރީ ލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖެ އައި ކުރޫޒް ލައިނާ އެކެވެ.

އިމިގްރޭޝަނުން ބުނީ ”ވަސްކޯ ޑަ ގާމާ“ އިން 859 ފަސިންޖަރުންނާއި 489 ފަޅުވެރިންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން ފުރިހަމަކޮށްދީފައިވާކަމަށެވެ. އަދި މި އުޅަނދުން 23 ފަޅުވެރިއަކާއި 12 ފަސިންޖަރަކު ފޭބުމަށް އެދުމުން އެ ހުއްދަވެސް ދީފައިވާކަމަަށް ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރަކީ ރާއްޖެއަށް ގިނަ އަދަދަކަށް ކުރޫޒްލައިނާތަކުގައި ފަތުރުވެރިން އަންނަ އަހަރެކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 9 ކުރޫޒްލައިނާ ރާއްޖެ އައިސްފައިވެއެވެ.

ހއ. އުލިގަމަކީ ރާއްޖެއިން އެންމެ ގިނަ ޔޮޓް ބަނދަރު ކުރާ މަންޒިލެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. އެހެންކަމުން އެރަށުގައި ޔޮޓް މެރީނާއެއް ގާއިމް ކުރުމަށް ޕޯޓް ލިމިޓެޑާއިއެކު އެރަށު ކައުންސިލުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ޔޮޓް މެރީނާ އެޅުމަށް، މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ޔޮޓް މެރީނާ ގާއިމުކުރާއިރު، އިހަވަންދިއްޕޮޅުގައި ފަށާފާއިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަންގެ ކްލިއަރެންސް ދިނުމަށް އުލިގަމުގައި އިމިގްރޭޝަންގެ އައު އޮފީހެއް އެޅުމަށް، އެމްޓީސީސީ އާއި މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: