ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ ރައްޔިތެއް: ފުލުހުން

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ އޮސްޓްރޭލިއާ ރައްޔިތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެއީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޑެނިއަލް އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުންނެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 13 ވަނަ ދުވަހުގެ ހަވީރު 16:41 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ. މިހާތަނަށް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: