ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ރައްކާތެރިކަމަށްޓަކައި ދެކުނު އޭޝިއާގެ ގައުމުތަކުން އިންޑިއާގެ އެހީއަށް އެދިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުން އިތުރަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި ބަންގްލަދޭޝް އިން ވެސް ވަނީ ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. އޭނާ ވިދާޅުވީ ”އިންޑިއާއިން މިހާރު ދަނީ އެ ގައުމުގެ އަމިއްލަ ބޭނުންތަކަށާއި ތެޔޮ ހުރި މިންވަރަށް ބަލައި، މި ގައުމުތަކުގެ ހުށަހެޅުންތައް ދިރާސާކުރަމުން“ ކަމަށެވެ.

އިންޑިއާއަކީ މި ސަރަޙައްދުގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ސާފުކުރާ އަދި ތެލުގެ އުފެއްދުންތައް ބޭރުކުރާ އެއް ގައުމެވެ. އެ ގައުމުގެ ޖިއޮގްރަފީީ ގޮތުން އޮތް ތަނާއި ތެޔޮ ސާފުކުރުމުގެ ގާބިލުކަމުގެ ސަބަބުން، ދެކުނު އޭޝިއާގެ ގައުމުތަކަށް ދިމާވާ ހަކަތައިގެ ދަތިކަމުގައި އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. ރާއްޖެ ފަދަ އަމިއްލައަށް ތެޔޮ ނުވަތަ ގޭސް އުފެއްދުމުގެ ގާބިލުކަން ނެތް އަދި ތެޔޮ ރައްކާކުރެވޭނެ ބޮޑެތި ވަސީލަތްތައް މަދު ގައުމަކަށް، އިންޑިއާ ފަދަ އަވަށްޓެރި ގައުމަކުން ލިބޭ މިފަދަ އެހީތެރިކަމަކީ ނުހަނު މުހިންމު ކަމެކެވެ.

ޕާޝިއަން ގަލްފަކީ ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފައްދާ ސަރަޙައްދަށް ވާއިރު، އެ ސަރަޙައްދުގެ ނުތަނަވަސްކަމަކީ ރާއްޖެ ފަދަ އިމްޕޯޓް ކުރާ ތެލަށް ބަރޯސާވާ ގައުމުތަކަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ދިވެހިރާއްޖެއަކީ ރަށްރަށުގެ ކަރަންޓު އުފެއްދުމަށާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އަދި ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތެޔޮ މުޅިންހެން ރާއްޖެއިން ބޭރުން އިމްޕޯޓްކުރާ ގައުމެކެވެ.

ޚާއްޞަކޮށް ފަތުރުވެރިކަން ދެމެހެއްޓުމަށް ބޭނުންވާ ވައިގެ ދަތުރުފަތުރުގެ ތެލާއި، ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލަކީ ގައުމުގެ ހިންގުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަޕްލައިއަށް ކުރިމަތިވާ ހުރަސްތަކަކީ ރާއްޖޭގެ އިގްތިސާދަށް އޭގެ ސީދާ އަސަރު ފޯރާނެ ކަންކަމެވެ.

މި ހާލަތަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތަ، ޚާއްޞަކޮށް އިރުގެ ހަކަތަ ބޭނުންކުރުން އިތުރުވަމުން ދިޔަ ނަމަވެސް، އަދިވެސް ގައުމުގެ ދުވަހީ މަސައްކަތްތައް ބިނާވެފައިވަނީ ތެލުގެ މައްޗަށެވެ.

އެހެންކަމުން، ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިގްތިސާދީ ގޮތުންނާއި އިސްތިރާތީޖީ ގޮތުން ދިވެހި ސަރުކާރަށް މިއަދު އޮތް އެންމެ ބޮޑު އެއް ޒިންމާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: