ޒުވާން ހަތީބުން ތަމްރީނުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އދ. މާމިގިލިން 26 ހަތީބުން ތަމްރީނުކޮށްފިއެވެ.
މިތަމްރީން ޕްރޮގުރާމުން 26 ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ. ދ. މާމިގިލީގައި ބޭއްވުނު ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އަދި މިތަމްރީން ޕްރޮގުރާމުން 26 ހަތީބުން ސަނަދު ޙާސިލްކޮށްފައިވާ ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މިޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ގައުމީ މުހިންމު މަޝްރޫއެކެވެ.
އިސްލާމީ ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން އުފެއްދުމަށެވެ.

