ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޫލް ސްކޫލް“ ޕްރޮގްރާމްގެ ދަށުން ހއ. އަތޮޅާއި ބ. އަތޮޅުގެ 4 ސްކޫލަކަށް އޭސީ ގެންގޮސްފި

ފޮޓޯ: ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު އެކްސް އެކައުންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”ކޫލް ސްކޫލް“ ޕްރޮގްރާމްގެ ދަށުން ހއ. އަތޮޅާއި ބ. އަތޮޅުގެ 4 ސްކޫލަކަށް ބޭނުންވާ އޭސީތައް ފޮނުވައިފިއެވެ.

މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ދަރިވަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރަށު ދާއިރާގެ 4 ރަށް ކަމަށްވާ ބާރަށް، މުރައިދޫ، އުތީމު، އަދި ތަކަންދޫ ގެ ސްކޫލްތަކަށް ބޭނުންވާ އޭސީތައް މިހާރު ލޯޑްކުރެވިފައިވާ ކަމަށެވެ. އަދި ހއ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ މި އޭސީތައް މިއަދުގެ ވަގުތެއްގައި އެ ރަށްތަކަށް ފޯރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”ކޫލް ސްކޫލް“ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ތަޢުލީމީ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސްކޫލުތަކުގެ ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. ސަރުކާރުން އުންމީދު ކުރަނީ މި މަޝްރޫޢު ނިމުމުން، ސްކޫލުތަކުގެ ކިޔަވައިދޭ މާހައުލަށް ބޮޑު އަދި ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: