މިއަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ ”އުރީދޫ ކަރާ ފެޅުން“ ގޭމުގައި އުރީދޫ މޯލްޑިވްސް އިން ކަރާ ކުއެސްޓް ތައާރަފުކޮށްފިއެވެ.
އުރީދޫއިން ބުނި ގޮތުގައި މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ.
އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެއެވެ.
ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެއެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެއެވެ.
މި ފީޗާގެ ސަބަބުން މި ގޭމަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދެއެވެ. ރަމަޟާން މަހުގެ ރޫހުގައި އާއިލާ އާއި ރައްޓެހިންނާ އެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ވެސް މިގޭމުގެ ސަބަބުން ލިބިގެންދާނެއެވެ.
އުރީދޫ ކަރާ ފެޅުން މިގޭމަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭހެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ތަޖުރިބާއެކެވެ.
ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެއެވެ.
އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ތައާރަފުކުރަމުން ގެންދެއެވެ.

