ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު އަންގާރަދުވަހު ހުޅުވާލަނީ!

ކޮމަންޑޫ ދާއިރގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށައަޅަން މިހާރު ވަނީ ހުޅުވާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އަންނަ އަންގާރަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ، އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދާނީ މި މާރިޗު މަހުގެ 17 ވާ އަންގާރަ ދުވަހުން ފެށިގެން 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަސް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ އެ ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ކަނޑައެޅިފައިވާ ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ރޭގަނޑު 09:30 އިން 12:00 އަށެވެ.
މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޖުމްލަ 294,876 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ. އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރުމުގައި މިހާރުގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: