ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ފޭސް 2 ގައި 14 ސްކޫލެއް އިމާރާތްކުރަން ބިން ކަނޑައަޅައިފި!

ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް 2 ގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައިފިއެވެ.

ހުޅުމާލޭ ތަރްއގީގެ ބެލެނިވެރިޔާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދަވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައި, އެކަން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި އެ ސްކޫލްތަކުގައި ކިޔައިވައިދޭނީ ގްރޭޑް 1-12 އާއި ހަމަ އަށް ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ، މިނިސްޓްރީން އެންގިހާ އަވަހަށް ބިން ހަވާލު ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ ބަޖެޓުން އެ ސްކޫލް އެޅުމަށް 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހުޅުމާލޭގައި މިހާރު ހުރީ ސަރުކާރު 3 ސްކޫލް އެވެ. އެއީ އެންމެ ފުރަތަމަ އިމާރާތްކުރެވި ހުޅުވުނު ޢާޒީ ސްކޫލާއި ރެހެންދި ސްކޫލް އަދި މިދިޔަ އަހަރު ހުޅުވުނު ހުރަވީ ސްކޫލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: