ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ އަހަރީ ދުވަހުގެ 16 ވަނަ ނަސީބުވެރިއަކަށް މަލްޝާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ކެމްޕެއިންގެ 16 ވަނަ ނަސީބުވެރި ފަރާތަކަށް ށ. ގޮއިދޫ، އާމިނަތު މަލްޝާ ހޮވިއްޖެއެވެ.

މި ލަކީޑްރޯގެ ނަސީބުވެރިއަކަށް ހޮވުމާ ގުޅިގެން މަލްޝާއަށް ވަނީ އުރީދޫގެ ފަރާތުން އުމްރާ ދަތުރެއް ހަދިޔާކޮށްފައެވެ. އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ވަރަށް ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިންގެ އެންމެ ފަހު އިނާމު ނުވަތަ ’ގްރޭންޑް ޕްރައިޒް‘ އެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ ދެ މީހަކަށް ހައްޖު ދަތުރެކެވެ. އަދި، މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށެވެ.

އެގޮތުން މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދެއްކުމުން، ރީޗާޖު ކުރުމުން ނުވަތަ އެޑް-އޮން އެއް ބޭނުންކުރުމުން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް 400 ރުފިޔާއަށް ވުރެ މަތިން ބިލް ދެއްކުމުން ނުވަތަ ހިދުމަތް ބޭނުންކުރުމުން މި ފުރުސަތު ލިބިގެންދާނެއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމުގައި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އުރީދޫއިން ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައެވެ. މި ކެމްޕެއިނަކީ އެ ކުންފުނީގެ ކާމިޔާބީގެ ހިއްސާދާރުން ކަމަށްވާ ކަސްޓަމަރުންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: