ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމަށް ރަޢުފާ ޢައްޔަން ކުރަށްވައިފި!

ފޮޓޯގެ ވާތް ފަރާތުގައި: ސ. ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޛާ ރަޢުފާ ޙައިދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް، ސ. ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޛާ ރަޢުފާ ޙައިދަރު ޢައްޔަން ކުރަށްވައިފިއެވެ.

ރަޢުފާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.

އަލްއުސްތާޛާ ރަޢުފާ ޙައިދަރު އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅިވަޑައިގެންނެވީ 19 އޮކްޓޯބަރ 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަޤާމަށެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ. 08 އެޕްރީލް 2013 އިން 7 މެއި 2014 އަށް އަލްއުސްތާޛާ ރަޢުފާ ޙައިދަރު ވަނީ ވަގުތީގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމުވެސް އަދާ ކުރަށްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމަށް އަލްއުސްތާޛާ ރަޢުފާ ޙައިދަރު އައްޔަނުކުރެވިގެން ދިޔައީ 12 ޖަނަވަރީ 2020 ވަނަ ދުވަހުއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: