ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް 14،000 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފި

ކުޑަކުދިންގެ ހިޔާތަކަސް އެހީ ހަދިޔާ ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން: ފޮޓޯ ޖެންޑަރ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް 14،000 އެމެރިކާ ޑޮލަރު (215،880 ރުފިޔާ) ހަދިޔާކުރައްވައިފިއެވެ.

ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެ ރިސޯޓުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރ ޖޮނަސް އަމްސްޓަޑްއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އަލްފާޟިލާ ޝިދާތާ ޝަރީފެވެ.

މި އެހީއަކީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރެވުނު 7،000 އެމެރިކާ ޑޮލަރާއި، ފިޔަވަތިއަށް ހަދިޔާކުރެވުނު 7،000 އެމެރިކާ ޑޮލަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާން، ރައްކާތެރި އަދި ދިރިއުޅުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމުގެ މަތިން ދެއްވާ މި ފަދަ އެހީތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 155 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތިގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: