ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ސުޕްރީމްކޯޓަށް ދެ މައްސަލައެއް!

ފޮޓޯ: މުޒައްޔިން ނާޒިމް/ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވަން ނަގާ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން 2 މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެެ.

ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމާއި ގުޅިގެން މައުލޫމާތު ދެމުން އަލީ ވިދާޅުވީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން އޭޕްރިލް 4 ގައި ބާއްވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ވަނީ އެއް މައްސަލަ ހުށައަޅާފައެވެ. އެއް މައްސަލަ ހުށައެޅީ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު މޫސާއެވެ.

ދެ އިންތިޚާބު އެކީގައި ބޭއްވުމަށް މަޖިލީހުން ފާސްކުރި ބިލު ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި އަލީ ފާހަގަކުރެއްވީ، ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި ބުނެފައިވާ 15 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ފަހަނައަޅައި ދިޔުމުން އެ ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެއްކަމަށް ކަނޑައަޅައިދިނުމަށް އަލީ ވަނީ އެ މައްސަލައިގައި އެދިވަޑައިގެންފައެވެ.

ހަމައެއާއެކު އެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ވޯޓަކީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް ނަގާ ވޯޓެއް ކަމަށް ކަނޑައަޅައިދޭން ވަނީ އެދިވަޑައިގެންފައެވެ.

އަލީ ވިދާޅުވި ގޮތުގައި އެފަދަ ބިލެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގަންޖެހޭނެއެވެ. ނަމަވެސް ތަސްދީގުކުރަން ދިން މުއްދަތުގައި އެ ވޯޓަށް އަހާފައި ނުވާތީ އެއީ ވެސް އެ ވޯޓު ބާތިލުކުރަންޖެހޭ ސަބަބެއް ކަމަށް އަލީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ގާނޫނުއަސާސީގެ 264 ވަނަ މާއްދާގެ (ހ)ގެ އިމުން ބޭރުވެފައިވާތީ އެ ބިލަކީ މިހާރު ބާތިލުވެފައި އޮތް ބިލެއް ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.

އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ފެބްރުއަރީ 11، ގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހުނަސް އެގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި ނުވާކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: