ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ، ހިމާޔަތްކުރުމުގެ މަސައްކަތް ބާރުދުވެލީގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ގުރައިދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށުގެ ފަޅުން 13.80 ހެކްޓަރުގެ ބިން ވަނީ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ހިއްކާފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދިންގޮތުގައި، ހިއްކި ސަރަޙައްދަށް ވެލި އެޅުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ.

މިހާރު ކުރިއަށްދަނީ ހިއްކި ބިން ގިރުމުން ސަލާމަތްކުރުމަށްޓަކައި އެ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

މި މަޝްރޫޢުގެ މިހާރުގެ ކުރިއެރުމަށް ބަލާއިރު، މުޅި މަސައްކަތުގެ ގާތްގަނޑަކަށް 70 އިންސައްތަ ވަނީ ނިމިފައެވެ. އެމްޓީސީސީން ވިދާޅުވީ ބާކީ ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި، ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލުމަށް ބާރު އަޅަމުންދާ ކަމަށެވެ.

ގުރައިދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓްގެ އެހެނިހެން ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މި އެއާޕޯޓަކީ އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: