ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބެނާތައް ދަމައި ކެމްޕޭނު ކުރަމުންނެވެ. އެ ބެނާތަކުގައި ލިޔެފައިވާ ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ ދައުރު ދަންމާލުމަށެވެ. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ވެރިން ރައްޔިތުންގެ ގާތަށް ދިއުން ހުއްޓޭނެ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިގެންދާނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ގާތަށް ވެރިން ދިއުން ހުއްޓޭނެ ކަމަށް ބުނާ ވާހަކަ ގަބޫލުކުރަން ދަތި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދިޔާނާ ފާހަގަކުރެއްވީ، ރާއްޖޭގެ އިދާރީ ހިންގުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ލާމަރުކަޒީ ކުރެވި، ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި ބާރުތައް ދެވިފައިވުމެވެ.
ދިޔާނާ ވިދާޅުވީ، ވުޒާރާތަކާއި ރައްޔިތުންނާ ދެމެދު މުއާމަލާތް ކުރެވޭނެ ފާލަންތައް މިހާރު އެޅިފައިވާ ކަމަށާއި، ރައްޔިތުންގެ އަޑު ވަގުތުން އިއްވޭނެ އެތައް ވަސީލަތްތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.
މިހާރު އެންމެ ބޮޑު އެއް މައްސަލައަކަށް ނިޒާމުގައި މި އުޅެނީ ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތުކޮށްދޭނެ، ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް މިހާރު މިއޮތް އިންތިހާބީ ނިޒާމުން ލިބިނުގަނެވި އޮތުން..
މި ރިފެރެންޑަމްއިން މަސައްކަތް ކުރާނީ އެކަމަށް ހައްލެއް ހޯދުމަށްދިޔާނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ ރިފަރެންޑަމްގެ މަސައްކަތަކީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

