ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުޕޭގެ އީދު ހަދިޔާ – އެންމެ ރުފިޔާއަކަށް ސީގަލް ކެފޭ އިން އައިސްކްރީމް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން އައިސްކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

އީދު ދުވަސް ކަމުގައިވާ 20 މާރިޗު 2026ގެ ހަވީރު 04:00 އިން ރޭގަނޑު 10:00އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާއާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު މި ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މި ދުވަހު ކަސްޓަމަރުންނަށް ސީގަލް ކެފޭއިން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބި، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބިގެންދާނެއެވެ. މި ގޮތުން، ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށްފަހު ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މި ދުވަހު އައިސްކްރީމް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ދިރާގުޕޭއިން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ދިރާގުޕޭގެ ޕަރޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފައެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: