ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ރަނގަޅުވާނީ ކޯލިޝަން ދެމެހެއްޓުން: އިލްހާމް

ޖޭޕީގެ ލީޑަރ ގާސިމްގެ އެޑުވައިޒަރު އިލްހާމް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ދެމެހެއްޓުމަށާއި، ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރާން ބޭނުންނަމަ އެންމެ ރަނގަޅު ވާނީ ކޯލިޝަން ދެމެހެއްޓުން ކަމަށާއި ކޯލިޝަނާ އެކު ކުރިއަށް ދިޔުން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްގެ އެޑްވައިޒަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށް ފަހު” ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އިލްހާމް މިހެން ވިދާޅުވީ، ރައްޔިތުނަށް ހައްޤުވާ މިންވަރު ނުވަތަ އެމްޑީޕީގެ މެމްބަރުންނަށް ހައްޤުވާ މިންވަރު ނުލިބެނީ ކޯލިޝަނާ ހެދި ކަމަށް އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްަމަދު ނަޝީދު ދެއްކެވި ވާހަކަ އަށް ރައްދުދިނުމުގެ ގޮތުންނެވެ.

“އެޖެންޑާ 19 ރަށަށް” ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށެވެ.

އެވާހަކަތަކަށް ދަންނަވާނީ ކީކޭތޯ ސަންގު ޓީވީން ސުވާލުކުރުމުން އިލްހާމް ވިދާޅުވީ، ރައީސް ނަޝީދު އެގޮތައް ދައްކަވާ ވާހަކައަކަށް ނުވިސްނާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ދެފަހަރު އެކައްޗެއް ނުކިޔާ ބޭފުލެއްގެ ގޮތަުގައި ސިފަކުރައްވައި އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ބާލިޙް ވައުދުވެވަޑައިގަތީ ކޯލިޝަނާއެކު ކުރިއަށް ދިއުމަށް ކަމަށާއި ރައްޔިތުންނަށް ވެފައިވާ އެ ވައުދު އެމަނިކުފާނު ފުއްދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: