ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ އެއްބައިވަންތަ ކަމަކީ ރަހުމަތެއް – މުފްތި މެންކް

މުފްތީ މެންކު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އޮތް މާތްﷲގެ އެންމެ ބޮޑު ރަޙުމަތަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އޮތް ﷲގެ އެންމެ ބޮޑު އެއް ނިޢުމަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޤައުމުގައި އޮތް ހަމަޖެހުންކަމަށާއި އެއްވެސް ޙާލެއްގައި މިކަންކަމަށް ނުރައްކާވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ގޮވާލައްވިއެވެ. 

މުފްތީ ވިދާޅުވީ ޚިޔާލު ތަފާތުވީނަމަވެސް ވާހަކަދައްކައިގެން މަޝްވަރާގެ ރީތި އުސޫލު ހުރިހާކަމެއްގައިވެސް އިސްކުރަންޖެހޭނެކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެންއުޅުއްވާ މުފްތީ މެންކް މާލޭ ކާނިވާ ސަރަޙައްދުގައި ދަރުސް ދެއްވަމުން ވިދާޅުވީ ރާއްޖެއަށް އޮތް މާތްﷲގެ އެންމެ ބޮޑު ރަޙުމަތަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޤައުމުގައި އޮތް ހަމަޖެހުންކަމަށެވެ. އަދި މިއިން ކަމަކަށް އަސަރުކޮށް ނުރައްކާވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް މުފްތީ މެންކު ދިވެހިންނަށް ގޮވާލެއްވިއެވެ.

މެންކް ވިދާޅުވީ ދިވެހިންގެ އެއްވެސް ބައެއްގެ މެދުގައި ދެބަސްވުމެއް ހިނގާނަމަ އެއީ ކޮންމެ ޙައިސިއްޔަތެއްގެ ބައެއްނަމަވެސް އަބަދުވެސް މަޝްވަރާގެ ރިވެތި އުސޫލު ޚިޔާރުކުރުމަކީ މައްސަލަ އިތުރަށް ގޯސްނުވެ ޙައްލުވުމަށް އޮތް ހަމައެކަނި މަގުކަމަށެވެ. އަދި ހުރިހާ ކަމެއްގައި ހުރިހާ އެންމެން އެއްބަސްވާން ނުޖެހޭކަމަށާއި ދެބަސްވާ ކޮންމެ ފަހަރަކު ދެންތިބި މީހުންނަށް ދެރަބަސްބުނެ ޢަމަލުތައް އެގޮތަށް ބެހެއްޓުމަކީ މުސްލިމުންގެ ގޮތް ނޫންކަމަށްވެސް މެންކު ވިދާޅުވިއެވެ. އަދި މިއަދު މުސްލިމު ޤައުމުތަކުން ފެންނަ ބައެއް ހަމަނުޖެހުންތަކަކީ އެބައިމީހުންގެ މެދުގައި މަޝްވަރާގެ އުސޫލުނެތި ގަދަބަސްބުނާ މީހުންގެ ބަސްއެކަނި ހިންގުމުން ދިމާވެފައިވާ ޙާލަތްތަކެއްކަމަށެވެ.

މުފްތީ ވިދާޅުވީ ރާއްޖެއަށް އައުމުން އަބަދުވެސް ﷲގެ ކުޅަދުންވަންތަކަން ހިތަށްގެނެވޭކަމަށެވެ. އަދި ރާއްޖޭގެ ރީތިކަން ފެނުމުން ﷲގެ ސުވަރުގެ ރީތިވާނެ މިންވަރާމެދުވެސް ވިސްނާލެވޭކަމަށް ވިދާޅުވިއެވެ.

މެންކު ވިދާޅުވީ ﷲގެ ރަހުމަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ރާއްޖެއަށް އަންނަކަމަށާއި އިސްލާމީ ރިވެތި އުސޫލާއި އަޚުލާގު އެމީހުންނަށް ދެއްކުމުގައި އޮތް ފުރުސަތުގެ ބޭނުން ދިވެހިންނަށްވެސް ހިފިދާނެކަމަށެވެ.

މީގެއިތުރުން، މެންކް ވިދާޅުވީ ދީނާ ދެކޮޅު މީހެއް ކަމުގައިވިޔަސް، އެމީހަކީ ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އެއީ އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: