ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްޓަން ޕާކުގެ މަސައްކަތްތައް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި!

ސަލްޓަން ޕާކުގެ މަސައްކަތްތައް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ހުކުރު ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާ ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި، އެމް.އެން.ޑީ.އެފްގެ ބެއްލެވުމުގެ ދަށުން އެ ތަނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް އެމަނިކުފާނު ވަނީ ވަޒަންކުރައްވާފައެވެ.

މީގެއިތުރުން، ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ ”ޢީދު ހަވީރު 1447“ ގެ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ރައީސް އޮޅުންފިލުއްވިއެވެ. މިގޮތުން ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އޯވަރހެޑް އޮބްސްޓެކްލް ކޯރސް އާއި، ޝޫޓިންގ ރޭންޖް އަދި އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތަކުގެ އެންމެފަހުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރައްވައި، ކުރު މުއްދަތެއްގެ ތެރޭގައި އާންމުންނަށް ހުޅުވާލެއްވުމަށްޓަކައި ސަރުކާރުން ވަނީ މި މަސައްކަތް ޤައުމީ ދިފާޢީ ބާރާއި ޙަވާލުކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ޕާކު ތަރައްޤީކުރެވިގެންދާއިރު، ކުރީގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއް ވެސް ގާއިމުކުރެވިގެންދާނެއެވެ.

ސަލްޓަން ޕާކު އަލުން ހުޅުވިގެންދާއިރު، އެތަނަކީ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު އާންމުންނަށް ހިތްފަސޭހަ އަދި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެ ފަދަ ތަނަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: