ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފި!

ފަރެސްމާތޮޑާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ވިދާޅުވީ، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށާއި، މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީގެ އުޞޫލުގެ މަތިންކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ވަނީ ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ހުށަހަޅަންޖެހޭއިރު، ބީލަމުގައި ބައިވެރިވުމަށް ފަނަރަސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު،

އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ. ފަރެސްމާތޮޑާގައި ތަރައްޤީކުރަމަށް ހަމަޖެހިފައިވަނީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. އެއަރޕޯޓް އެޅުމަށްޓަކާ އެރަށުގެ ފަޅުތެރެއިން ނަވާރަ ޕޮއިންޓް އަށެއް ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: