ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްޖިދުލް އަޤްސާގެ ދޮރުތައް ބަންދުކުރުން ދިވެހި ސަރުކާރުން ކުއްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔަހޫދީ ސުހްޔޫނީ ދައުލަތުން މަސްޖިދުލް އަޤްސާގެ ދޮރުތައް ބަންދުކުރި ކުރުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ”އެކްސް“ ގައި ނެރުނު ބަޔާނެއްގައެވެ.

2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، އިސްލާމްދީނުގެ އެންމެ މާތް އެއް ބިނާ ކަމަށްވާ އަލްއަޤްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަނުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. މީގެ ސަބަބުން ގުދުސްގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ މިސްކިތުގެ ދޮރުތައް ބަންދުކޮށް ނުވަތަ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. މީގެ ސަބަބުން މުސްލިމް އަޅުކަންކުރާ ގިނަ ބަޔަކަށް މިސްކިތަށް ނުވަދެވި، މިސްކިތުގެ ދޮރުތަކުގެ ބޭރުގައި ނަމާދު ކުރަން ވަނީ މަޖުބޫރުވެފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރޯދަމަހު އަލްއަޤްސާ މިސްކިތުގެ ދޮރުތައް އަޅުކަންކުރާ މީހުންނަށް ބަންދުކުރުމަކީ ”ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ކަމެއް“ ކަމަށެވެ. އަދި މިއީ އެތަނުގެ މުޤައްދަސްކަމާއި ދީނީ މުހިންމުކަމަށް ބުރޫއަރާ ކަމެއް ކަމަށްވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: