ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރެވިއްޖެ: އީސީ

އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ތައްޔާރީތަކުގެ ތެރެއިން 800000 (އަށްލައްކަ) އަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.

އަންނަ މަހުގެ 4 ގައި 3 ވޯޓެއް ކުރިއަށްދާއިރު މިއި މިހާތަނަށް ދިވެހިރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އިންތިޚާބުކަން ފާހަގަކޮށް އީސީއިން ބުނީ އިންތިޚާބެއްގައި ވޯޓުލުމަށް ލިބޭ ކަރުދާހަކީ ވަރަށް މުހިންމު އެއްޗެއްކަމަށެވެ. މިގޮތުން މި އިންތިޚާބަކީ އެންމެ ގިނަ ވޯޓު ކަރުދާސް ޗާޕުކުރާ ފުރަތަމަ ފަހަރުކަމަށް އީސީން ފާހަގަކުރިއެވެ.

މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕުކުރެވިފައިވާއިރު ވޯޓު ކަރުދާސް ޗާޕްކުރުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އީސީއިން ވަނީ ބުނެފަ އެވެ. އަދި މިހާރު ވޯޓު ކަރުދާސް ޗާޕް ކުރެވިފައިވާއިރު ކޮންމެ ވޯޓު ކަރުދާސްކޮޅެއް ވަކިވަކިން ޗެކްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އީސީން ފާހަގަކުރިއެވެ.

އެގޮތުން ވޯޓު ކަރުދާސްތައް ޗެކްކޮށް ބަންދުކޮށް ރަށްރަށަށް ފޮނުވާލުމުގެ ލޮޖިސްޓިކް އިންތިޒާމުތައް ހަމަޖައްސާފައިވާނެކަމަށް އީސީއިން ފާހަގަކުރިއެވެ.

އިންތިޚާބުގެ އޮބްޒާވަރުންނާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އީސީއިން ބުނީ އިންތިޚާބު ކުރިއަށްގެންދަނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަކަށްތޯ ބެލުމުގެ ގޮތުން މިފަހަރުވެސް އިންތިޚާބުގައި އިންޓަނޭޝަނަލް އޮބްޒާވަރުން މަސައްކަތްކުރާނެކަމަށެވެ.

މީގެ އިތުރުން އިންތިޚާބުގައި އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުންކަމުގައި އީސީއިން ހާމަކުރިއެވެ.

އޭޕްރީލް 4 ގައި ބާއްވާ ވޯޓުލުމުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނެވިދާނެ ބަދަލަކާ ގުޅޭގޮތުން ރައްޔިތުންގެ ބަސް ހޯދުމަށް ކުރިއަށްގެންދާ މުހިންމު ވޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: