ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށް އަނެއްކާވެސް ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ!

ގިނަ އަދަދެއްގެ ޓެކްސީތައް އެއާޕޯޓު ޓެކްސީ ލައިންގައި/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު ވޯކް-އިން އިންޓަވިއުއެއް އެމްޓިސީސީން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑްރައިވަރުކަމުގެ ވަޒީފާއަށް އެދި ހުށެހެޅުމުގެ ފުރުސަތު 23 މާރިޗު 2026 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ މާރިޗު 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 ހަމައަށް މާފަންނު ބަސް ޓާމިނަލްގައެވެ. އިންޓަވިއުއަށް ދާއިރު، މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސް ގެންދަންޖެހެއެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިނާއި ގުޅެން ބޭނުންވާ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރަައިވަރުންނަށް އެމްޓީސީސީން  މީގެ ކުރިންވެސް ވޯކްއިން އިންޓަވިއުއެއް މާފަންނު ބަސް ޓާމިނަލުގައި ޖެނުއަރީމަހު ބާއްވާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެ ކުންފުނިން އެފަހަރު ބޭއްވި އިންޓަވިއުގައި ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ފުރުސަތު ހުޅުވިއެވެ. އެއީ 122 ޕާޓް ޓައިމް ވަޒީފާއާއި 285 ފުލް ޓައިމް ވަޒިފާއެވެ. ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ދޭނީ އެމްޓީސީސީ އިންނެވެ.

ސަރުކާރުން މި ޚިދުމަތް ތަޢާރަފް ކޮށްފައިވަނީ އާންމުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ. ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ނިންމައި އެ މަސައްކަތް ފެށުމާއި އެކު، ޓެކްސީ ޑްރައިވަރުން އެކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ އެންމެ މުހިންމު އެއް ސިފައަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމެވެ. މި ޚިދުމަތުގައި ތިން ސައިޒެއްގެ އުޅަނދު ބޭނުންކުރާނެއެވެ. މީގެ އިތުރުން، ޓެކްސީ ހޯދުމުގެ ޚިދުމަތް ދެވޭނީ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށްވުމުން، ދަތުރުފަތުރުގެ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ކުޑަވެ، ޓެކްސީ ޑްރައިވަރުންނާއި ކަސްޓަމަރުންނާ ދެމެދު މުޢާމަލާތްކުރުން އިތުރަށް ފަސޭހަވެގެންދާނެއެވެ. މި ޚިދުމަތް ފެށުމާއެކު، މާލޭގެ ދަތުރުފަތުރުގެ ދާއިރާގައި އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: