ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސީއެމްއީސީއާއި އެކު އެއްބަސްވުންތަކެއް!

މިފްކޯއާއި ސީއެމްސީސީއާއި އެކު އެކުލަވާލި އެއްބަސްވުން/ ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ސީއެމްއީސީއާ ދެމެދު 3 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފިޝަރީސް މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އެމްއޯޔޫގެ ބޭނުމަކީ މިފްކޯގެ ކޮލްޑް ސްޓޯރޭޖާއި މަސް ޕްރޮސެސްކޮށް ބޭރު ކުރުމުގެ ގާބިލުކަން އިތުރު ކުރުމެވެ.

މި އެމްއޯޔޫތަކުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްގީ ކުރެވިގެން ދާނެއެވެ. އަދި ގދ. ތިނަދޫގައި މިފްކޯއިން ކުރިޔަށް ގެންދާ މަސް ގަނެ މަސް ފިނިކޮށް ރައްކާކުރުމަށް ފަށާފައިވާ މަޝްރޫއު އިތުރަށް ފުޅާ ކުރުން ހިމެނެ އެވެ.

މިއާއި އެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްގަނެ ރައްކާކުރުމުގެ ގާބިލުކަން ފުޅާކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް ބޭރު ކުރުމަށް ބޭނުންވާ ފެކްޓްރީއެއް އައްޑޫގައި ގާއިމު ކުރުން ހިމެނެ އެވެ.

މިނިސްޓްރީން ބުނީ ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީ.އެމްއީސީ އާއި މިފްކޯއާއި ދެމެދު ސޮއި ކުރެވުނު މި ތިން އެމްއޯޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: