ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަކީ، ކާމިޔަބީއެއް: ޝަރީފް

ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1224 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ނެޝަނަލް ހައުސިންގް އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ“ ޕްރޮޖެކްޓުގެ ދަށުން، މިހާ ކުރު މުއްދަތެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެފޯޑަބަލް ހައުސިން މަޝްރޫއުގެ 1224 ޔުނިޓުގެ މަސައްކަތް ފެށުމަކީ ސަރުކާރުން މިކަމަށް ދޭ ސަމާލުކަން އެނގޭ ހެއްކެއްކަމަށް ބޭންކުގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

(ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ 1224 ޔުނިޓުގެ މަސައްކަތް މިރޭ އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިރޭގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި ބީއެމްއެލް ބައިވެރިވަނީ އެ ބޭންކަށް އޮތް މަންފާއަކަށް ބަލައި ނޫން ކަމަށެވެ. ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދީ، މިފަދަ އެކިއެކި އިޖްތިމާއީ ކަންކަމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބީއެމްއެލް ކުންފުންޏެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އުފައްދައި މިވީ ކުރު މިއްދަތުގެ ތެރޭގައި އަމަލީ މަސައްކަތްތަކާއި ހަމައަށް ގެންދެވުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ވަރުގަދަ ސިޔާސަތުތަކާއި، ލީޑާޝިޕަކާއި އެކު ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މަޝްރޫއުގެ ތެރޭގައި ހިމެނޭ ލީސްޓް އޯން މޮޑެލްއާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ، މި މަޝްރޫއުއަކީ ބޭންކް މެދުވެރިކޮށް ކުރިޔަށް ގެންދާ މިފަދަ ފުރަތަމަ މަސައްކަތް ކަމަށެވެ. އަދި މިއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަގުން މަހަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ކުރިޔަށް ގެންދާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ނަތީޖާކަމަށް ޝަރީފް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އަލަށް ”ލީސް ޓު އޯން“ މޮޑެލް ތައާރަފުކުރެވިގެންދާއިރު، މި މޮޑެލްގެ ސަބަބުން، ބޮޑު ޑައުންޕޭމަންޓެއް ދެއްކުމުގެ ބަދަލުގައި، މަހުން މަހަށް ދައްކާ ފައިސާއިން ގޭގެ މިލްކުވެރިކަން ހޯދުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދާނެކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ މާލީ ހާލަތަށް ރިއާޔަތްކޮށް ތައާރަފުކުރި ވަރަށް ބޭނުންތެރި ހައްލެއްގެ ގޮތުގައި ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ ދާއިރާއިން ބީއެމްއެލްއިން ގެނެސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ، އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު 20 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 2.1 ބިލިއަން ރުފިޔާގެ ހައުސިން ފައިނޭންސް ދޫކޮށްފައިވާކަމަށް ޝަރީފްގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ސަބްސިޑަރީއެއް ކަމަށްވާ ”ބީއެމްއެލް އެފޯޑަބަލް ހައުސިންގް“ މެދުވެރިކޮށް 2028 ވަނަ އަހަރުގެ މެދާ ހަމައަށް މާލެ ސަރަހައްދުގައި 3,260 ޔުނިޓު ނިންމުމަަކީ ސަރުކާރުގެ އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: