ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ޕާޓީއަކީ މިގައުމު ދަރުވާލި ބޭފުޅުން: އިކޮނޮމިކް މިނިސްޓަރ

މިނިސްޓަރ ސައީދު، ޕީއެންސީ ބޭއްވި ޕްރެސް ކޮންފަރެންސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީއަކީ މި ގައުމު ދަރުވާލި ބޭފުޅުން ކަމަށާއި، ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުކޮށްލީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ރޭ ބޭއްވި ޕީއެންސީގެ ކެންޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ އެމްޑީޕީއަށް ނުގެނެވުނު ތަރައްގީ ގެންނަން އެނގޭނެ ބަޔަކީ ޕީއެންސީގެ ފަރާތުން ނުކުމެތިބި ޓީމު ކަމަށެވެ. އަދި މި ޓީމަކީ މީގެ ކުރިން ވެސް ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ ޓީމެއްކަން ފާހަގަކުރައްވައި، އޭގެ ތެރޭގައި މަގުތައް ހެދުމާއި، ބިން ހިއްކުމާއި، ފްލެޓު އެޅުން ފަދަ އުމްރާނީ ތަރައްގީގެ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ، ގައުމު ބަނގުރޫޓުވާން ފެށީ ރައީސް ޞާލިހުގެ ވެރިކަމުގައި ކަމަށާއި، ގައުމުގެ ބައިތުލްމާލު ހުސްވީ ވެސް އެހިސާބުން ކަމަށެވެ. ވަރަށް ބޮޑެތި އިހުމާލުތައް ކުރީގެ ވެރިކަމުގައި ވެފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

”8000 މިލިއަން ރުފިޔާ ޗާޕްކޮށްލި“ ކަމަށާއި، އެއީ އެކަން ނުކުރުމަށް އެދި އާދޭސްކޮށްކޮށް ތިއްބައި ކުރި ކަމެއް ކަމަށެވެ.

މީގެ އިތުރުން، ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާގެ އަގު ވެއްޓޭނެ ކަމުގެ އިންޒާރު ކުރިން ދެއްވި ނަމަވެސް، އޭރުގެ ސަރުކާރުން އެކަން ކޮވިޑް-19 އާ ގުޅުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑުގެ ދުވަސްވަރު ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ވަރަށް ގިނަ ފައިސާގެ އެހީ ލިބުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ސައީދު ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވައިފިނަމަ، ތަރައްގީގެ މަޝްރޫއުތައް އާދަޔާ ހިލާފު ބާރުމިނެއްގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އޮތް ގޮތް ކަމަށް އެމަނިކްފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: