ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު އެސްބީއައިގެ ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީފި!

އެސްބީއައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ސެކިއުރިޓީ އޮފިސަރަކަށް ހަަމަލާ ދީފިއެވެ.

ފުލުހުން ބުނީ ހެނދުނު 7:30 ހާއިރު ހެންވޭރު އެސްބީއައި ކައިރީގައި ހުރި ސެކިއުރިޓީ ގާޑަކަށް ހަމަލަދީ މާރާމާރީ ހިންގި މައްސަލައިގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީހަކު ހައްޔަރުކުރި ނަމަވެސް، ހަމަލާދިން ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެފަހަރު އުޅުނީ އައްޑޫގައި ހުރި އެސްބީއައިގައި ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަންނާށެވެ. އެ ހާދިސާގައި އޭނާގެ ކޮނޑަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: