ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި، އަންހެނުންނަށް ހާއްސަ ކުރުމަށް ދިރާސާ ކުރަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު މިހާރު އޮތް ގޮތުން އާބާދީގެ ނިސްބަތަށް ބަލައި ދައުރަކަށް ފަހު ދައުރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އެމަނިކުފާނު ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާއިރު، އިތުރު ދެ ކަމެއް ދިރާސާ ކުރަމުންދާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަކި އިންސައްތައަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުމަށާއި، އަންހެނުންނަށް ގޮނޑިތައް ހާއްސަ ކުރުމަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރު ކައުންސިލްތަކުގެ ކޮމްޕޮޒިޝަންގައި އަންހެނުންނަށް ވަކި އަދަދެއް ކަނޑައެޅިފައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި އެފަދަ އުސޫލެއް ނެތެވެ.

މި އިސްލާހުތަކަކީ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި، ގައުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާ ޕެކޭޖެއްގެ ބައެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބޭނުންފުޅުވާ އިސްލާހާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މިހާރު އޮތް ގޮތުން ކޮންމެ 5000 ރައްޔިތަކަށް މެމްބަރަކު އިތުރުވާކަމަށެވެ. އެގޮތުން ފެށުނުއިރު 70 ގައި ތިބި މެމްބަރުންގެ އަދަދު 93 އަށް އަރާފައިވާއިރު ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ނުގެނެ ދޫކޮށްލައިފި ނަމަ އެ އަދަދު 100 އަށް އަރާނެކަމަށް ވިދާޅުވި އެވެ. އަދި މިއީ އެންެމެ ރަނގަޅު ގޮތްކަމަށް ރައްޔިތުން ގަބޫލު ނުކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެއްބުރު ބޭއްވުމާ ގުޅޭގޮތުންނާއި، ”ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް“ ރާއްޖެއަށް ތައާރަފުކުރުމާ ގުޅޭ ދިރާސާތައް ވެސް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ވެސް ބަދަލުތަކަކީ އިންތިޚާބުތަކަށް ކުރާ ހަރަދު ކުޑަކުރުމަށާއި، ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށް ގެންނަން ނިންމާފައިވާ އިސްލާހީ މަސައްކަތުގެ އެއްބައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރިޔާސީ ދައުރު ފަށާ ތާރީހު ނޮވެމްބަރު 17 ގެ ބަދަލުގައި، ކުރިންވެސް އޮތް ގޮތަށް ނޮވެމްބަރު 11 އަށް ބަދަލުކުރުމަކީ ވެސް މި އިސްލާހީ މަސައްކަތުގެ ބައެކެވެ.

މި ހުރިހާ ކަމަކީވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކުރަންޖެހޭ ކަންކަން ނަމަވެސް، މީގެ ތެރެއިން ބައެއް ކަންކަމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަން ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި، މަސްލަހަތަށް އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: