ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަސްޓެއިންނަބަލް ޓައުންޝިޕްގެ މަސައްކަތް 2028 ނިންމާލެވޭނެ: ސައީދު

ފޮޓޯ: ރައިސް އޮފިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދު އެކި ދާއިރާތަކަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ލޮޅުންތަކުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތުމަކީ ދެން ކުރިއަށްދެވެން އޮތް ގޮތެއް ނޫނެވެ. ޚާއްޞަކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިހާރުގެ އިޤްތިޞާދީ އޮނިގަނޑުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މުދާ އުފުލުމުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ދިގުމުއްދަތަކަށް އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ބޮޑެތި މަޝްރޫޢުތަކާއި ސިޔާސަތުތައް ތަންފީޒުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ”ސްޕެޝަލް އިކޮނޮމިކް ޒޯން“ (އެސް.އީ.ޒެޑް) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

2028 ވަނަ އަހަރަށް ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢަކީ ބޯހިޔާވަހިކަމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ޚިދުމަތްތެރިކަމުގެ ދާއިރާތައް ހިމެނޭހެން ފަރުމާކޮށްފައިވާ ވަރަށް ފުޅާ މަޝްރޫޢެކެވެ.

 ”ދިވެހިރާއްޖޭގެ އިޤްތިޞާދު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮވެގެން ނުވާނެ. އެއީ ތަފާތު އެކި ދާއިރާތަކަށް ފެތުރިފައިވާ އިޤްތިޞާދަކަށް ވާންޖެހޭ،“ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިޤްތިޞާދު ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދީ ބިންގާ ވަރުގަދަވުމުގެ އިތުރުން، އައު ވަޒީފާގެ ފުރުޞަތުތައް އުފެދި، މުސްތަޤުބަލުގައި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްވެގެންދާނެއެވެ.

ވަޒީރު ވަނީ މި ހަފްތާގެ ތެރެގައި މި މަޝްރޫއުގެ އިތުރު މައުލޫމަޓު އަރުވާނެ ކަމުގެ ޔަގީންކަން ނޫސްވެރިންނަށް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: