ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮޖިސްޓިކްސްގެ މައި ނެޓްވޯކްގެ ތެރެއަށް ވަނުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ގާއިމްކޮށްފައިވާ މައި ނެޓްވޯކްގެ ތެރެއަށް ވަނުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށް މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ބައިނަލްއަޤުވާމީ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް ”އެންކާ“ ގެ ނަމުގައި މިހާރު ދަނީ ހިންގަމުންނެވެ. މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ އާ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނެޓްވޯކަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް މި ފުރުސަތު ހުޅުވާލި ނަމަވެސް، މި ނެޓްވޯކް ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސް ދައުރެއް އަދާކުރާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ،

”މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ“ 

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އަސާސީ ބޭނުންތަކުގެ މުދާ މެދުނުކެނޑި، ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: