ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެއްވެސް ބާރަކަށް އުނިކަމެއް ނާދޭ: އާދަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުމަށާއި ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވެސް ދެ އިންތިހާބު ވަކިން ބޭއްވުމުގެ ސަބަބުން ވަގުތު ނުލިބޭކަމަށް އަދާލަތު ޕާޓިގެ ނައިބުރައީސް އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އެކު ނަގާ، ރައްޔިތުންގެ ރިފެރަންޑަމް ވޯޓުގައި އަދާލަތު ޕާޓީން ތާއީދު ކުރަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ޕާޓީގެ ބައްދަލުވުމެއް ބާއްވައި، ކުރެވުނު މަޝްވަރާއަށް ފަހު މި ނިންމުން އާންމު ކުރީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދަމް ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ވަރަށް ގިނަ މަޝްވަރާއާއި އިލްމީ ބަހުސްތައް ކުރެވިފައިވާކަމަށެވެ. އަދި އެ މަސައްކަތްތައް އަދިވެސް ކުރިޔަށްދާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގައުމުތަކަކީ ކޮބައިތޯ ބަލައި އެ ގައުމުތަކުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވެސް ދިރާސާ ކުރަމުންދާކަމަށް ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން، އެ ގައުމުތަކަށް އިންތިހާބުތައް އެކުގައި ބާއްވައިގެން ވާ ފައިދާތަކާއި އަދި ލިބުނު ގެއްލުންތައް ވެސް ދެނެގަންނާނެ ކަމަށެވެ.

މީގެއިތުރުން އާދަމް ވިދާޅުވީ މަޝްވަރާ މަޖިލީހުގައި ނިންމުމާއި އެއްގޮތަށް، ދިރާސާ ކަރުދާހެއް ތައްޔާރު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާކަމަށެވެ. އެގޮތުން މި ދިޔަ އަންގާރަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ދެ ފަރާތުން 3 ގަޑިއިރުގެ ބަހުސެއް މި މައުޟޫއުއަށް ކުރެވުނުކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ގާތްގަނޑަކަށް 49 މެންބަރުން ބައިވެރިވި މި ބައްދަލުވުމުން 75 އިންސައްތަ ބޭފުޅުންނަށް ފެނިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ސުވާލާއި އެއްގޮތަށް، ދެ އިންތިހާބު އެކުގައި ބޭއްވުމަށް ”ފެންނަ“ ކަމަށް ތާއީދު ކުރުމަށްކަމަށް ވިދާޅުވި އެވެ.

އާދަމް ވިދާޅުވި ގޮތުގައި މި ނިންމުމުގައި ބަލާފައިވާނީ ގައުމަށް މި ކަމުން ލިބޭނެ ފައިދާތަކަށެވެ. އަދި 5 އަހަރުގެ ދައުރެއްގެ ތެރޭގައި 2 އަހަރު ދުވަސް އިންތިހާބަށް ދާއިރު މިކަމުގެ ސަބަބުން ސަރުކާރަށް ރައްޔިތުންނަށް ހިދުމަތް ކުރުިމަށް ލިބެނީ 3 އަހަރުކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ވޯޓު އެއްދުވަހެއްގައި ނަގައިގެން އުނިކަމެއް އަންނަނީ ކޮންބާރަކަށްތޯ ސުވާލުއުފައްދައި އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހޮވޭތާ 6 މަސް ދުވަސްފަހުން މަޖިލިސް އިންތިހާބު ބާއްވާއިރު އޭރު އޮންނަ ސަރުކާރަކުން ބާރާއި ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ މެޖޯރިޓީ ނަގާ ކަމަށެވެ.

އެހެންކަމުން ސިޔާސީ ނުފޫޒު ނައްތާލައި، ޖަވާބުދާރީ ކުރުވަނި މަޖިލީހަށް ބޭނުން ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުންކަމަށް އާދަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: