ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސްތަކަކަށް ބަހާލައިގެން ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ”ނޭޝަނަލް އޮއިލް ރިޒާވް“ އެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެކަމަށް ބެލެވޭ އަސަރުތަކަށް ތައްޔާރުވެ ފިޔަވަޅު އެޅުމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދީފަ އެވެ. އެގޮތުން އިގްތިސާދަށް އަންނާނެކަމަށް ބެލެވޭ ލޮޅުމާއި، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށް ކުރެވޭ މަސައްކަތަކުގެ ތަފްސީލު ރައީސް ދެއްވި އެވެ.

އެގޮތުން ތެލުގެ ބާޒަރަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވެދާނެ ލޮޅުންތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ދިގު މުއްދަތުގެ ސިޔާސަތެއް އެކުލަވައިލުން މުހިންމު ކަމަށެވެ. އެގޮތުން ރާއްޖޭގައި ތެޔޮ ރައްކާކުރާނެ ގައުމީ ނިޒާމެއް ނުވަތަ ރިޒާވެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާގެ މަސައްކަތްތައް ކުރަމުން ދާކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުހަލާއެއް ނިންމުމަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މުޅި މަޝްރޫއު ގާތްގަނޑަކަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.

މި މަޝްރޫއުގެ ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭނެކަމަށް މިހާތަނަށް ބެލެވިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކީގައި ލޯންގް ޓާމްއަށް ވިސްނައިގެން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތަކެއް މިކުރަނީ. އެއީ ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވް އެއް ގާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައި މިއޮތީ. އޭގަ ވިސްނުމަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިރާދަކުރެއްވިއްޔާ މީ ދެން އެއް އަހަރުން ދެ އަހަރުން ކުރެވޭނެ ކަމެއް ނޫން. ތިން ފޭސް އަކަށް ބަހާލައިގެން ދޮޅު އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ފޭސް އެއް ނިންމޭ ގޮތަށް އޮއިލް އެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަން. ތެލަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ޑިޕެންޑް ވާންޖެހޭ އެތިކަމަށް ވާތީ، އޮއިލް ރިޒާވް ގާއިމުކުރުމަށްޓަކައި ކޮންމެ ގޮތެއްވިޔަސް މަސައްކަތްތަކެއް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް.

މީގެ އިތުރުން، ރާއްޖެއަށް ތެޔޮ ގެނައުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި، މިހާރު ގެނެސްފައިވާ ޝިޕްމަންޓްތަކުގެ އިތުރުން ކުރިއަށް އޮތް މަހުގެ ފުރަތަމަ ހަފްތާގައި ގެނައުމަށް ހަމަޖެހިފައިވާ ޝިޕްމަންޓްތަކުގެ ތަފްސީލީ މައުލޫމާތުވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދާނީ އޭގެ ފައިދާ އާއި ގެއްލުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: