ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަބްލިކް ވޯކްސް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ޢަމަލީގޮތުން ރަށްރަށުގައި ވަރަށް އަވަހަށް ފަށާނެ: ޝަރީފް

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ވޯކްސް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ޢަމަލީގޮތުން ރަށްރަށުގައި ވަރަށް އަވަހަށް ފަށާނެކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ އެކަމަށް ބޭނުންވާ އިމާރާތްތާއި ތަކެތި ހޯދުމަށް ހިނގާނެ ޚަރަދުގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީއަަސް ހުށަހަޅަފައިވާ ކަމަށެވެ. 

ވަޒީރު ވިދާޅުވީ ޕަބްލިކް ވަރކް ޔުނިޓްތައް 19 ރަށެއްގައި ގާއިމްކުރާކަމަށާއި، މިއީ ރަށްރަށުގައި އާއްމު ޚިދުމަތްތަކުގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ޚަރަދު ކުޑަކުރުމަށް ފަށާ މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު އޮންނަގޮތުން، ކޮންމެ މަސައްކަތެއް ކުރަން ޖެހުނު ނަމަވެސް، އެކަމަށް ބޭނުންވާ މެޝިނަރީއާއި ޓެކްނިކަލް މީހުން ގެންދަނީ މާލެއިންނެވެ. އަދި ޕަބްލިކް ވޯކް ޔުނިޓްތައް ހަދާ ރަށްތަކުގައި މިކަމަށް ބޭނުންވާ އިދާރީ އިމާރާތާއި އަދި ހެވީ ވެހިކަލްތަކާއި މެޝިނަރީ ބެހެއްޓުމަށް ބޭނުންވާ ބިންތައް މިހާރު ހުރިހާ ރަށެއްގައި ވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.

 ”އެ ތަންތަނަށް ބޭނުންވާ މެޝިނަރީ ހޯދުމުގެ މަސައްކަތްތައްވެސް ފަށާ، އެކަމަށް ހޭދަވާނެ މިންވަރު ފިނޭންސްއަށް ވަނީ  ހުށައަޅާފައި. ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވޭނެ. ކޮންމެ ޔުނިޓަކަށް 9 ބާވަތެއްގެ މެޝިނަރީ އެބަ ހޯދަން. 19 ޕަބްލިކް ވޯކް ޔުނިޓްގެ އިތުރުން، 4 މޮބައިލް ޔުނިޓް ހިމެނޭ. ބަނދާރާއި މަގުތައް މަރާމަތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ. 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެނައުމަށް ފިނޭންސްއަށް ވަނި ހުށައަޅާފައި“ ވަޒީރު ވިދާޅުވިއެވެ.

ޕަބްލިކް ވޯކްސް ޔުނިޓާއި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނަގައެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް 141 މުވައްޒަފުން ނެގުމުގެ ހުއްދަ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބޭހޭ ވުޒާރާއިން ލިބިފަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: