ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ހޯދަންޖެހޭ ވައިގެ ސަރަހައްދަކީ ކޮބައިކަން ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެފްއައިއާރް ދައްކައިދޭ ޗާޓެއް: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް އެއަސްޕޭސްގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ނަމަވެސް، އެއަރ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް ވިލަރެސް ކުރަމުންދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭ އެކި ގައުމުތަކުގެ ސަރަހައްދު ބޭނުންކުރުމުގެ މައްސަލައާ އެކު ރާއްޖޭގައި ވެސް އެ ބަހުސް އުފެދިފައި ވަނިކޮށް، ހުއްދަ ހޯދަންޖެހޭ ވައިގެ ސަރަހައްދަކީ ކޮބައިކަން ޑިފެންސް މިނިސްޓްރީން ވަނީ ސާފުކޮށްފީފަ އެވެ.

ގައުމީ ދިފާއީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުއާހަދާކަމަށްވާ ”ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ“ (އަންކްލޯސް) އާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ގާނޫނުތައް ވަނީ ބައްޓަން ކުރެވިފައެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުން ރާއްޖޭގެ ބިމާއި، އެތެރޭގެ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑުގެ އިތުރުން، މި ތަންތަނާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުތައްކަމަށް ވަނީ ބުނެފަ އެވެ.

ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުޞޫލުތައް ބަޔާންކުރާ ”ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ޤައުމުތަކުގެ ސަރަޙައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަޙައްދެއް. މިއަށްވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ އިންޓަރނޭޝަނަލް އެއަރސްޕޭސް.

”ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން“ ނުވަތަ ޗިކާގޯ ކޮންވެންޝަނުގައި ވާގޮތުން، ގައުމެއްގެ ސަރަހައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން އެ ގައުމެއްގެ ހުއްދަ ހޯދުން މަޖުބޫރެވެ. މިއާ ހިލާފަށް، ސަރަހައްދީ ކަނޑުން ބޭރުގެ ވައިގެ ސަރަހައްދު ބެލެވެނީ ”އިންޓަރނޭޝަނަލް އެއަރސްޕޭސް“ ނުވަތަ ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގެ ގޮތުގައިކަން ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ޑިފެންސް މިނިސްޓްރީން ވަނީ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) އާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައެވެ. އެފްއައިއާރް ކަނޑައެޅުމުގެ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށްވާއިރު ބައިނަލްއަޤްވާމީ ވައިގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެފްއައިއާރްއަށް ވަނުމަށް ވަކި ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ނަމަވެސް، އެއަރ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން އެފަދަ ދަތުރުތަކުގެ މައުލޫމާތު ބަލައި، ވިލަރެސް ކުރަމުންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ހިމެނޭ ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭއިރު، މި ސަރަޙައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށްދިނުން. އިންޓަރނޭޝަނަލް އެއަރސްޕޭސް ގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަޙައްދަށް ވަނުމަށް ޤައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ.

ކަނޑުގެ ސަރަހައްދުތައް ބެހިގެންވަނީ މައިގަނޑު ހަތް ބަޔަކަށެވެ. އެއީ ރާއްޖޭގެ ބިން ހިމެނޭ ބޭސް ލައިނާއި، ކަނޑާއި ވައިގެ މަގުގެ ފުރިހަމަ ބާރު ލިބިގެންވާ 12 މޭލުގެ ޓެރިޓޯރިއަލް ސަރަޙައްދާއި، ގައުމުގެ ކަނޑުގެ ބައެއްގެ ގޮތުގައި ބެލެވޭ 24 މޭލާ ހަމައަށް އޮންނަ ކޮންޓިޖަސް ޒޯނެވެ.

މީގެ އިތުރުން 200 މޭލާ ހަމައަށް އިގތިސާދީ ކަންކަމާއި ވަސީލަތްތަކުގެ އިހްތިސާސް ހިނގާ އީއީޒެޑް ހިމެނޭއިރު، އޭގެ ބޭރުން އޮންނަނީ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ހާއްސަ ފްލައިޓް އިންފޮމޭޝަން ރީޖަނާއި، ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރޗް އެންޑް ރެސްކިއު ސަރަޙައްދުވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: