ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލްފުގެ ޤައުމުތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެމެރިކާވަނީ ނުކުޅެދިފަ: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅަނގު އޭޝިއާގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވޭކަމަށާއި އެސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް މަޑުޖެހެމުންދާކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ސަރަޙައްދީ މަސްރަހަށް އަންނަ މުހިންމު ބަދަލަކަށް ވެދާނެ ކަމަށެވެ. ގަލްފުގެ ޤައުމުތަކަށް ބޭނުންވާ ހަޤީގީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އެ ގައުމުތަކުން މިހާރު އިސްކަންދެނީ އަމިއްލަ ސަރަހައްދީ އިސްތިގުލާލު ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިއީ މީގެ ކުރިން ވެސް ތާރީޚީ ގޮތުން ފެނިފައިވާ ކަމެއް ކަމަށާއި، މިހާރުގެ ޙާލަތަށް ބަލާއިރު ބޭރުގެ ބާރުތަކަށް ބަރޯސާވުމުގެ ބަދަލުގައި ސަރަހައްދީ އެއްބައިވަންތަކަން އިސްކުރުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ބަދަލުތަކާއެކު ބޭރުގެ ބާރުތަކާއި، ވަކިން ހާއްސަކޮށް އެމެރިކާއާއެކު ބާއްވާ ގުޅުންތަކާމެދު ސުވާލުތަކެއް އުފެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ހިނގާފައިވާ ކަންކަމަށް ބަލާއިރު، އެމެރިކާގެ އަސްކަރީ ރައްކާތެރިކަމުގެ ނިޒާމުން ބޭރުގައި މި ގައުމުތަކުން އަމިއްލައަށް މަސައްކަތް ކުރުމުގެ ވިސްނުމަކީ މުޅިން އާ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މިމަހު ކުރީކޮޅު އިންޑިއާގެ ”ވިއޮން“ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައިވެސް، އެމަނިކުފާނު މި ހަނގުރާމައާއި މެދު ދެކޭގޮތް ހިއްސާކުރައްވައި ސުލްހައަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: