ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާ ވިދާޅުވި 15 އަހަރުގެ ކުއްޖާ ރޭޕުކޮށްލި ސިފައިންގެ އޮފިސަރުން އެނގޭ ކަމަކަށް ނުވި!

ސިފައިންގެ އެންމެ މަތި ވެރިޔާ ރައީސް ޞާލިހުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަދި ބައެއް ސިފައިންގެ އޮފިސަރުން --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އާ އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައި ނުވާ ކަމަށާ އަދި އެ މައުލޫމާތު މެންބަރު ރޮޒައިނާއަށް ވެސް ވިދާޅުވެ ދެއްވިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.

އެ މުއައްސަސާއިން މިހެން ބުނީ، ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ރޭ ވިދާޅުވުމާއި ގުޅިގެނެވެ.

އެކަމާއި ގުޅޭގޮތުން ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރު ރޮޒައިނާ ވެސް އަދި އެކަމާ ގުޅިގެން ފުލުހުންނާ ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަން ނުވަތަ އެކަން ކުރި މީހަކު ނުވަތަ ބަޔަކު ބުނެ ނުދެވުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާނވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަންބޮޑުވާ ކަމެއް ކަމަށާ ލާއިންސާނީ އެ އަނިޔާވެރި އަމަލު ހިނގި ފަރާތްތަކަށް ހައްގު އަދަބު ލިބުމީ އެ މުއައްސަސާގެެ ވެސް އެންމެ ބޮޑު އެދުން ކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: