ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހު އުމްރާއަށް ދިޔަ އުމްރާވެރިން ރާއްޖެ އަންނަން ފަށައިފި

ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހު އުމްރާއަށް ދިޔަ އުމްރާވެރިން ރާއްޖެ އަންނަން ފަށައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އުމްރާވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައި މިއަދު ހެނދުނު 9:30 ކަމަށެވެ. މިގޮތުން 58 އުމްރާވެރިން މިއަދު އެނބުރި މާލެ އައިސްފައިވެއެވެ.

މިއަދު އަދި އިތުރު ފްލައިޓެއްގައި 60 މީހަކު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. ދިވެހި އުމްރާވެރިންގެ ފަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހެވެ. ރަމަޟާން މަހާ ދިމާކޮށް 2 ގްރޫޕަކަށް ބަހާލައިގެން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 230 މީހުން މައްކާއަށް ގޮސްފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ސްކޫލް ބަންދުތަކާއި ދިމާކޮށް ޙާއްސަކޮށް ރޯދަ އަބަދުވެސް ވަރަށް ގިނަ އަދަދެއްގެ މީހުން އުމްރާއަށް ދެއެވެ. މިދިޔަ އަހަރު ވެސް ރާއްޖެއިން ވަރަށް ގިނަ މީހުން ވަނީ ބަންދާއި ދިމާކޮށް އުމްރާއަށް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: