ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާގެ ބައްޕަ ޖިންސީ ގޯނާގެ ތުހުމަތެއް ނުކުރެވޭ! – ފުލުހުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫ ދެ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން، ހައްޔަރު ކޮށްފައިވަނީ، ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފައެވެ.

އެކަމަކު، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ދެ މީހަކަށް ކަމަށެވެ. އެ މައްސަލާގައި ހިމެނޭ އެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތަކެއް ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު އިތުރަށް ކުރިޔަށްދާއިރު އެ ތުހުމަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އިހުމާލުވި ތުހުމަތު ކުރަނީ ކާކަށް ކަމެއް ނުބުނެ އެވެ.

ނަމަވެސް، ފުލުހުން ރޭ ނެރެފައިވާ ބަޔާނެފައި ބުނެފައި ވަނީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުއްޖާގެ ބައްޕަ ފަރާތު ކާފައަށް ކުރެވޭ ކަމަށާއި މުނިކާފައަށް ކުރެވެނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެއް ކަަމަށެވެ. އަދި އެ ކުއްޖާގެ ބައްޕަގެ މައްސަލައަކީ ނުރައްކާތެރި މާހައުލެއްގައި ކުއްޖާ ހުރުމުން އެ ކުއްޖާގެ މަންމަ ކައިރިއަށް ފޮނުވާލަން އާއިލާގެ ފަރާތުން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިނުން ކަމަށެވެ.

ކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރު ކުރީ ރޭ ހުޅުމާލޭ ފްލެޓެއްގައި ހުއްޓާ އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދަށް ގޮސް ހަމަނުޖެހުން ހިންގައި އޭނާ އެތަނުން ނެރެން މަސައްކަތް ކުރުމުންނެވެ.

ފުލުހުން އިތުރަށް ބުނީ ކުއްޖާގެ ބައްޕައަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާ އެ ތަހުގީގަށް ފުލުހުންނަށް އެއްބާރުލުންދެމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: