ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ސަބަބުން ސަރުކާރުގެ ކޭޝްފްލޯއަށް ބަދަލުތަކެއް!

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކޭޝް ފްލޯ ދައުރުވުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ އޮތް ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، މިހާރު މިއީ ކޭޝް ފްލޯގެ ގޮތުން އެންމެ އުނދަގޫ ދުވަސްވަރު ކަމަށެވެ. އަދި ބަންދު ދުވަސްތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިގްތިސާދީ ގޮތުން އަންނަ ބަދަލުތައް ގާތުން ބަލަމުންދާކަމަށް ޒަމީރު ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށެވެ. އެގޮތުން، މިނިސްޓްރީތަކުން ކުރަން ހުށަހަޅާ ދަތުރުތަކަށް މިވަގުތު ހުއްދަ ނުދޭން ނިންމާފައިވާކަމަށާއި، ފޮރިން މިނިސްޓަރ ކޮންމެހެން ކުރަން ޖެހޭ ކޮންމެހެން މުހިންމު ދަތުރުތައް ފިޔަވައި އެހެން ހުރިހާ ބައްދަލުވުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައިވާނެކަމަށް ޒަމީރު ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމުގެ މި ސިޔާސަތުގެ ދަށުން، ފިނޭންސް މިނިސްޓަރީގެ ދަތުރެއް ވެސް ކެންސަލްކޮށްފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވި ގޮތުގައި އެއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދިވެހިރާއްޖެއަށް ދީފައިވާ 100 މިލިއަން ޑޮލަރުގެ ރޯލްއޯވަރ ގެ ފައިނަލް ސޮއިކުރުމުގެ ރަސްމިއްޔާތަށް ކުރައްވަން އޮތް ދަތުރެކެވެ.

މިހާރު އެނގިވަޑައިގަންނަވާނެ ދެން މި ކޭޝް ފްލޯގެ އަސްލުގައި އަދި މިއީ އެންމެ އުނދަގޫ ދުވަސްތަކެއް، މުޅިން ބަންދު ދުވަސްތަކެއް، އެހެންވީމަ އަދި އޭގެފަހުން ވެސް ފެށިގެން މި ހަނގުރާމައާ އެއްކޮށް އަނެއްކާ ކޭޝް ފްލޯއަށް އެބަ އާދޭ ބަދަލުތަކެއް… އެހެންވީމަ އަޅުގަނޑުމެން އޭއަށް ވަރަށް ބޮޑަށް ސެންސިޓިވް ވެގެން މިދަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމަކަށް ކުޑަކުރުމުގެ މަސައްކަތް ވެސް ބާރުކުރަމުން… އަޅުގަނޑުމެން އަނެއްހެން ކުރީ ދުވަހު ވެސް އަޅުގަނޑު ދެންނެވިން އިއުލާނު ކޮށްގެން އެކަމެއް ނުކުރަން. އެކަމަކު މިސާލަކަށް ބަލާލައިފި ކަމަށް ވަންޏާ ދަތުރުފަތުރު، އިނގޭތޯ، މިހާރު ރާއްޖޭން ބޭރަށް ދަތުރުތަކެއް އަޅުގަނޑުމެން މިވަގުތު މި އުޅެނީ ހުއްޓާލައިގެން….

ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހޯމަ ދުވަހު ކުރިޔަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން ދާނެކަމަށް ވިދާޅުވެފަ އެވެ. މި ހާލަތުގެ ސަބަބުން، މިވަގުތު ކާބޯތަކެއްޗާއި، އަސާސީ ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: