ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަންޖެހި ނުދެއްކި ހުރި ފައިސާ ނުވަތަ ބެކްލޮގް ފިލުވުމުގެ މަސައްކަތުގެ ދަށުން، އޭގެ ބޮޑުބައެއް މިހާރު ދައްކާ ނިމިފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު އޮތް ބޮޑު ބެކްލޮގް ފިލުވުމުގެ މަސައްކަތް މިދިޔަ ރަމަޟާން މަހުގެ ކުރިން ފަށާފައިވާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ކުންފުނިތަކަށް މިހާރު ފައިސާ ދޫކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނަމަވެސް ބައެއް ބިލްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އޭގެ ތެރޭގައި ހިޔާނާތާއި ކުންފުނިތަކަށް ގެއްލުންވާ ގޮތަށް ހުރި ބޮޑެތި އަދަދުތަކުގެ ބިލްތައް ހިމެނޭ ކަމަށެވެ. ޒަމީރު ވިދާޅުވީ މީގެ ބައެއް ފައިސާއަކީ ދޭން ނުޖެހޭ ކަމަށް އޮޑިޓަރުން ގަބޫލުކުރާ ފަދަ، ހިޔާނާތާއި މިކަހަލަ ކޮންމެވެސް ގޮތަކުން ކުންފުންޏަށް ގެއްލުންވާ ގޮތަށް ބޮޑެތި އަދަދުތަކުގައި ހުރި އަދުތައް ކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ލަފަޔާއި އިންޓާނަލް އޮޑިޓުން ފެނިފައިވާ މައްސަލަތައް ހައްލުކޮށް، އެ ބިލްތައް އަލުން ހުށަހެޅުމަށް މިހާރު ކުންފުނިތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، ބެކްލޮގްގެ ބޮޑުބައެއް މިހާރު ދައްކާ ނިމިފައިވާކަމަށް ވަނީ ވިދަޅުވެފަ އެވެ.
މައްސަލަތައް ދިމާވެފައިވާ ބިލުތަކާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ އެ ފައިސާ ވެސް ޗެކް ކުރުމަށް ފަހު، ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި ދައްކާ ހަލާސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ޙަޤީޤަތުގައި އަން މީ ވަރަށް ބޮޑު ބެކްލޮގްއަކަށް އެއްކޮށްދެއްތޯ، ދެން އަޅުގަނޑުމެން މިދިޔަ ރަމަޟާން މަހުގެ ކުރިންވެސް އަޅުގަނޑުމެން މަސައްކަތް ފެށީމަ ވަރަށް ގިނަ ފަރާތްތަކަށް ދޫކުރެވުނު ފައިސާ. އޭގެ ތެރޭގައި މީގެ ބައެއް ފައިސާއަކީ އަސްލުގަ މި ޙަޤީޤަތުގައި ދޭން ނުޖެހޭކަމަށް އޮޑިޓަރުން ގަބޫލުކުރާނުންކަމަށް ވެއްޖިއްޔާ، ޚިޔާނާތާއި މިކަހަލަ ކޮންމެވެސް ގޮތަކުން ކުންފުންޏަށް ގެއްލުންވާ ގޮތަށް ބޮޑެތި އަދަދުތަކުގަ ހުރި އެމައުންޓްތަކެއްވެސް ހުރި.
ވެރިކަމާއި ހަވާލުވިއިރު، ފައިސާ ނުދީ ހުރި އެތައް ބިލުތަކެއް ހުރިއިރު، އެ ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ފުން އަނދަވަޅެއްގައި އޮތް ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވޭ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
ސަރުކާރަށް ޕެންޑިންގ ބިލްތައް ދައްކަން ޖެހިފައިވާއިރު، މީރާއަށް ބޮޑު އަދަދެއްގެ ޓެކްސް ދައްކަން ހުރުމަކީ އާންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ދައްކަން އޮތް ފައިސާއިން، އެސްއޯއީ ތަކުން ނުވަތަ މިނިސްޓްރީތަކުން މީރާއަށް ދައްކަން އޮތް ފައިސާ އަޅައިކެނޑޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ. މި މަސައްކަތް މިހާރު ވެސް ކުރިޔަށްދާއިރު، އިތުރަށް ކޮމްޕްރިހެންސިވް ގޮތަކަށް، ގިނަ ބަޔަކަށް ފައިދާ ކުރާނެ ގޮތަކަށް މި އުސޫލު ތަންފީޒު ކުރުމަށް ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.