ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފި!

ރިސޯޓަށް ލެއްގި ކަމަށް ބުނެ، ފުލުހުން ހިއްސާކުރި ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފި އެވެ.

ފުލުހުން ބުނީ، ނޮކު މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށުން އިންސާނެއްގެ ބޮލުގެ ބައެއް މިއަދު ލައްގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:00 ހާއިރު އެ ރިސޯޓުގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިގެން 2:00 ޖެހިއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ފުލުހުން އެ ރިސޯޓަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ހިއްސާކުރި ފޮޓޯ އިން ފެންނަނީ ދަތްދޮޅިގެ ބައެކެވެ. އެ ފޮޓޯގައި ކޮލު ދަތްތައް ވެސް ފެންނަން ހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: