ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑުގެ ބާވަތްތައް ބޭނުންވާ މިންވަރަށް އެބަހުރި، ދަތިކަމެއް ނެތް: ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި އެބަހުރިކަމަށާއި، ކާޑު ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ކާޑުގެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ އެންމެ އެކަށީގެންވާ މިންވަރަށް މިހާރުވެސް ސްޓޮކް ކުރެވިފައިވާ ކަމަށެވެ.

ކާޑަކީ ވަކި މިންވަރަކަށްވުރެ ގިނައިން ގެނެސް ރައްކާކޮށްފިނަމަ، ހަލާކުވުމުގެ ފުރުސަތު އޮންނަ ބާވަތެއްކަމުގައި ވާތީ، ސްޓޮކް ބަލަހައްޓަމުން ގެންދަނީ އެކަންކަމަށް ރިއާޔަތްކޮށްގެންކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމުގައި އެއްވެސް ދަތިކަމެއް މިވަގުތު ނެތް ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މައި ކުންފުނި، އެސްޓީއޯއަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ސަރުކާރުން ފަސޭހަތަކެއްކޮށްދެމުން ގެންދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކާޑުގެ ވެސް އަޅުގަނޑުމެންނަށް އެއްވެސް އިތުރު ދަތިކަމެއް ނެތް. ކާޑުގެ، އެ، އަޅުގަނޑުމެންނަށް ބޭނުންވާ އޮޕްޓިމަލް ލެވެލްގައި ސްޓޮކް އެބަހުރި. ކާޑަކީވެސް ވަކިވަރަކަށްވުރެ ގިނައިން ގެނެސްފި ކަމަށްވަންޏާ ހަލާކުވުމާ އެއްޗެހިވެސް އޮންނާނެ. އެހެންވީމަ އަދި ކާޑު ގެނައުމުގައި އަޅުގަނޑުމެންނަށް ދަތިކަމެއްވެސް ނުވެސް ނެތް. އެހެންވީމަ އެއަށް ދެން އެސްޓީއޯއަށް ބޭނުންވާނެ ބޭރު ފައިސާގެ ފަސޭހަތަކެއް އަޅުގަނޑުމެން ކޮށްދެމުން ގެންދާނަން.

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ސްޓޮކް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާނެކަމަށާއި، ތަކެތީގެ އަގު އުފުލިގެން ނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް އެމަނިކުފާނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އަމާޒުވި ސުވާލުތަކަށް ރައީސް ވިދާޅުވީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިންވެސް ރާއްޖޭގައި އަސާސީ ކާބޯތަކެތި ހުރި މިންވަރަށް، މިހާރުވެސް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާކަމަށެވެ. އަދި ހަނޑޫ، ހަކުރު އަދި ފުށް ލިބުމުގައި ލަސްތަކެއް ނެތްކަމަށް ވިދާޅުވި އެވެ.

މި ތަކެތީގެ ސްޓޮކް އެއް މިންވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެނިހެން ކާބޯތަކެތި ލިބުމުގައި އެއްވެސް ކަހަލަ ދަތިކަމެއް މިހާތަނަށް ދިމާވެފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ދަތިކަމެއް ދިމާވާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންކަމުން، މި ތަކެތި ހުސްވެދާނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: