ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ފަރުމާކޮށް އިބާރާތް ކުރުމަކީ ރައީސްއަށް ލިބިގެންވާ އިހުތިޔާރެއް: ދައުލަތް

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ހައްވާ ސަނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ފަރުމާކޮށް އިބާރާތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރެއް ކަމަށް ދައުލަތުން ބުނެފިއެވެ.

ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ހުށައެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ހިލާފަށް ކަމަށް ނުދެކޭ ކަމަށެވެ. އެހެން ބުނާ ސަބަބުތައް ދައުލަތުން ބަޔާންކޮށް ބުނެފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ހިލާފުކަމަށް މައްސަލަ ހުށައެޅި ފާރާތުން ބުނާއިރު އެ މާއްދާއަކީ ސުވާލުުގެ އިބާރާތް އޮންނަންވީގޮތް ނުވަތަ ސުވާލު ފަރުމާކޮށް ރައޔްިތުންގެ ކުރިމައްޗަށް ވޯޓަށް ހުށައެޅުމަށް އޮންނަ އިޖުރާއަތު އޮންނަ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށެވެ.

ދައުލަތުން ފާހަގަކުރީ ހުށައަޅާފައި މިވާ މައްސަލައަށް ބަލާއިރު، ގާނޫނުއަސާސީއަށް 8ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ގާނޫނުއަސާސީގެ 262 ބަޔާންކުރާ އިޖުުރާއަތު ފުރިހަމަ ކުރުމަށް ފަހު ފާސްކުރާ ބިލެއް ކަމަށެވެ. ދައުލަތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ހިލާފުވާނީ އެފަދަ ބިލެއް ރައްޔިތުންގެ ހިޔާލާއި ގުޅޭ އާންމު ވޯޓެއް ނުނަގާ ރައީސް އެ ބިލު ތަސްދީގު ކުރާ ހާލަތުގައި ކަމަށެވެ. އަދި އާންމު ވޯޓަކަށް ގޮސް ރައްޔިތުންގެ އަގުލަބިއްޔަތު ނުލިބިވާ ލާތުގައިވެސް ރައީސް އެ ބިލު ތަސްދީގު ކުރައްވާނަމަ އެވެސް އެ މާއްދާއާއި ހިލާފު ކަމެއް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގެ 262ވަނަ މާއްދާ އާއި ހިލާފު ވެވޭނެ 2 މިސާލެއް ޝަރީއަތަށް ދައުލަތުން ހުށައަޅާފައިާއިރު، މީގެން އެއްވެއް ކަމެއް ނުހިނގާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

”މި މައްސަލައަށް ބަލާއިރު މިފަދަ ހާލަތެއް ވުޖޫދުވެފައެއް ނެތް. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި އާއްމު ވޯޓަކަށް ދިއުމަށް ނިންމާ ބޭއްވޭ އިންތިހާބުގައި ކުރަން ޖެހޭ ސުވާލު އިބާރާތްކޮށް ފަރުމާކޮށްފައި އޮންނަން ޖެހޭ ވަކި އުސޫލެއް ބަޔާން ނުކުރާއިރު، ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ގާނޫނާއި ހިލާފު ވާކަމަށް މައްސަލަ ހުށައަޅާ ފަރާތުން ބުނަނީ އެއްވެސް ގާނޫނީ އަސާސެއް ނެތިކަން ދައުލަތުން މިދެކެނީ“

ގާނޫނުއަސާސީއަށް ގެންނަ މިފަދަ އިސްލާހުތަކާއި ގުޅިގެން ބާއްވާ އާއްމު އިންތިހާބެއްގައި ހިމެނޭ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ފަރުމާކޮށް އިބާރާތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރެއް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އެ ގާރުގައި ހިމަނާފައިވާ މައުލޫމާތު ކަރުދާހަކީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެކުލަވާލައިފައިވާ ކަރުދާހެއް ކަމަށާއި އަދި ސުވާލަކީ ގާނޫނުއަސާސީއާއި އެންމެހާ ގާނޫނުތަކުގައި ހިމަނައިފައިވާ އެންމެހާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް އެ ސުވާލުގެ ޖަވާބުގައި އާއެކޭ ނުވަތަ ނޫނެކޭ ބުނެ ފާހަގަޖެހޭގޮތަށް އިބާރާތްކޮށްފައިވާ ސުވާލެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ. އެހެންކަމުން ދައުލަތުން ބުނެފައިވަނީ އެ ސުވާލުގެ ގާނޫނީ ސައްހަކަމާއި މެދު ސުވާލެއް އޮތް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވި އެވެ. މައްސަލައިގެ ބެންޗުގައި ތިއްބަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: