ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދާރާތަކުގެ އިހުމާލުން ކުއްޖަކު މަރުވިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ބަލަނީ

މިނިސްޓަރ އޮފް ހެލްތް އަހުމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 6 އަހަރުގެ ކުއްޖަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްއެއް ލިބުން ލަސްވެ، އެ ކުއްޖާ މަރުވި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީއަށް ފަރުވާ ހޯދަމުން ދިޔަ އަޒާން ސުހައިލް އެވެ.

އަޒާން މަރުވީ އޭނާއަށް ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބު ބަދަލު ކުރަން ޖެހި، އެ ޓިއުބް ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުންނެވެ.

އަޒާންގެ މަންމަ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެ ޓިއުބު ހޯދުމަށް އެސްޓީއޯ މެދުވެރިކޮށް އޯޑަރު ދިނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. ނަމަވެސް އަށް މަސް ވެގެން ދިޔައިރުވެސް އެސްޓީއޯގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަޒާންގެ އާއިލާއިން ބުނި ގޮތުގައި، އެތައް ދުވަހަކު އެސްޓީއޯ ހުޅުމާލެ ފާމަސީއަށް ގޮސް އާދޭސް ކުރުމުން، އަށް މަސް ފަހުން އެސްޓީއޯއިން ގުޅައި ބުނީ އެ ޓިއުބަށް އޯޑަރު ދިނުމަށް އެންސްޕާގެ އެޕްރޫވަލް ނުލިބި އޮތް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ސްޕެއާ ޓިއުބެއް ނެތި ކުއްޖާގެ ހާލު ދަށްވަމުން ގޮސް، ހެޔޮއެދޭ ފަރާތަކުން ޕްރައިވެޓްކޮށް ޓިއުބެއް ގެނެސްދިން އިރު ކުއްޖާގެ ހާލު އޮތީ ޓިއުބް ބަދަލުކުރެވޭ ވަރަށް ވުރެ ދަށްވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެންސްޕާ އާއި އެސްޓީއޯއަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ހިނގި ކަމެއް ކަމަށާއި، މިކަމުގެ ޒިންމާ ކަމާބެހޭ ފަރާތްތަކުން އުފުލަން ޖެހޭނެ ކަމަށެވެ. ފާޑުކިޔުންތައް ގަދަވެފައިވަނިކޮށް ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ މައްސަލަ ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: